twitterviber whatsapp telegramfacebookyoutube instagram
11th October 2026

އަމާޒަކީ އިސްރަށްވެހިންނަށް ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުން

Oct 10, 2026

ބޭނުންވަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ތަހުޒީބު ރާއްޖެއެއް ކަމަށާއި ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލު ދަތުރުކުރަމުންދަނީ އެ އަމާޒަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އިސްރަށްވެހިންގެ ސައްލާގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށްވެސް މުހިންމު ބަހާއެއް ކަމަށާއި ވަކިން ހާއްސަކޮށް އިސްރައްވެހިންގެ ނަފްސާނީ އުފާވެރިކަމަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ކަމަށެވެ.

ގައުމެއްގެ އެންމެ އިއްޒަތްތެރި އެއްބަޔަކީ އެ ގައުމެއްްގެ އިސްރަށްވެހިން ކަމަށާއި ގައުމެއްގައި އެންމެ ގަދަރުކުރެވޭ އެއްބަޔަކީވެސް އެ ގައުމެއްގެ އިސްރައްވެހިން ކަމަށާއި އިސްރަށްވެހިންނަކީ ގައުމެއްގެ އެންމެ ހަރުދަނާ ތަނބުތައް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އިސްރައްވެހިންނަށް ކަމޭހިތުމަކީ މާތްވެގެންވާ އިސްލާމްދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށާއި އިސްރައްވެހިންގެ ރައްކާތެރިކަމާ ބެހޭ ހުރިހާ ދާއިރާއަކަށް ހާއްސަ ފަރުވާތެރިކަމެއް ބަހައްޓަންޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބިފައިވާ އަދި އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ތަހުޒީބު ރާއްޖެއެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލު ދަތުރުކުރަމުންދަނީ އެ އަމާޒަށްކަމަށާއި ވަކިން ހާއްސަކޮށް ފާއިތުވި ދެތިން އަހަރުގެތެރޭގައި އިސްރަށްވެހިންގެ މަރުކަޒުތައް ހުޅުވެމުންދާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަށް އޮތްތަނުގައި އެ މަރުކަޒުތަކުގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ މަރުކަޒުތަކުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން އެކަނިވެރިކަން ފިލައި އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލު އަންނާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293