twitterviber whatsapp telegramfacebookyoutube instagram
29th July 2026

ފުލުހުން އެންމެ އިސްކަމެއް ދޭންޖެހޭނީ އަމާން މުޖުތަމައެއް ބިނާކުރުމަށް: ހޯމް މިނިސްޓަރު

ޚަދީޖާ އާދަމް
Oct 24, 2019

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ހދ. ނޭކުރެންދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ ނޭކުރެންދޫގައި ޖަލެއް ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޖަލު އެޅުމަށް ދޫކޮށްފައިވާ ބިން ބައްލަވައިލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ނޭކުރެންދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެސްޓޭޝަނުގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލު ކުރައްވައި މިނިސްޓަރުވަނީ ކުށްމަދު އަމާން މުޖުތަމައެއް ބިނާ ކުރުމަކީ ފުލުހުން އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށް ވިދާޅުވެ ރައްޔިތުންނާ ވީހާވެސް ގާތުން އޯގާތެރިކަމާއެކު ހިދުމަތް ދިނުމަށާއި ރައްޔިތުންނާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތްކުރުމަށް އެދިލައްވާފަ އެވެ.

އަދި ފުލުހުންގެ މަސައްކަތާމެދު އުފާކުރައްވާކަމަށާއި ފުލުހުންގެ މަސައްކަތްތައް ބަލައިގަންނަ ކަމަށާއި ފުލުހުން ވާންޖެހޭނީ ރައްޔިތުން ލޯބިވާފަދަ ރައްޔިތުންނަށް ފުލުހުން ފެނުމުން ހިތްހަމަ ޖެހުމާއި ރައްކާތެރިކަން ކަށަވަރު ވެގެންވާ ބައެއްގެ ގޮތުގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355