twitterviber whatsapp telegramfacebookyoutube instagram
17th March 2026

އޮފީސްތަކުގެ ބަޖެޓް ބޭނުންކޮށްފައިވާގޮތުގެ ތަފްސީލް ހުށަހަޅަން އަންގައިފި

ނަބީލާ އިސްމާޢީލް
Dec 15, 2019

މި އަހަރު ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓް ބޭނުންކޮށްފައިވާ ގޮތުގެ އަހަރީ ކޭޝްފްލޯ މި މަހުގެ 23ގެ ކުރީން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާ އޮފީސްތަކަށް ފޮނުވާފައިވާ ބަޖެޓާ ބެހޭ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ އޮފީސްތަކަށް އަންނަ އަހަރަށްވާ ބަޖެޓު ދޫކުރެވޭނީ އެ އޮފީހެއްގެ ކޭޝްފްލޯގެ މައުލޫމާތު ލިބިގެން ކަމަށާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ޑިސްބާސްކުރާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް ޑިސްބާސްމަންޓް ޕްލޭނާ އެއްގޮތަށް ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ. އަދި މިނިސްޓްރީން އާންމުކުރި ސާކިއުލާގައި ވަނީ ކޭޝްފްލޯ ޕްލޭން ތައްޔާރުކުރާނެ ގައިޑްލައިންއެއް އާންމުކޮށްފަ އެވެ.

އެ ސާކިއުލާގައި ބުނެފައިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާންކުރާ ކޭޝްފްލޯ ޕްލޭން ތައްޔާރުކުރުމަށާއި ދައުލަތަށް ލިބޭ ފައިސާއިން ދައުލަތުން ކުރަން ޖެހޭ ހޭދަތައް ހަމަޖެއްސުމަށްޓަކައި ދައުލަތުގެ އެންމެހައި އޮފީސްތަކުން އެ އޮފީހަކަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއާއި ހިނގާނެ ކަމަށް ލަފާކުރާ ހަރަދުގެ ތަފްސީލު ކޮންމެ މަހެއް ވަކިން އެނގޭނެހެން ތައްޔާރުކުރަން ވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355