twitterviber whatsapp telegramfacebookyoutube instagram
14th April 2026

ތަރުހީބު ނުލިބުމުން ޑަބްލިއުއެސްއޭ އިންޓަރ އޮފީސް ވޮލީ މުބާރާތް ކެންސަލްކޮށްފި

ނަބީލާ އިސްމާޢީލް
Jan 26, 2020
2

ކުޅުދުއްފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ބާދުޝާހު ޑަބުލިއުއެސްއޭ އިންޓަރ އޮފީސް ވޮލީ މުބާރާތުގައި އެކަށީގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުން މުބާރާތް ކެންސަލްކޮށްފި އެވެ.

ރޭގެ 22:00 އަށް މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ 2 އޮފީހަކުންނެވެ. އެއީ ކޭއާރުއެޗާއި ކަސްޓަމްސްއިންނެވެ. ނަމަވެސް މުބާރާތުގެ ގަވައިދުގައިވާ ގޮތުން ނަމަ މުބާރާތް ބޭއްވޭނީ މަދުވެގެން 4 ޓީމަކުން ބައިވެރިވާނަމަ އެވެ.

ރެޖިސްޓްރީވުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ގިނަ އޮފީސްތަކުން ބައިވެރިވުމަށް ފޯމާއި ގަވައިދު ނެގި ނަމަވެސް ބައިވެރިވުމުގެ މުއްދަތު ހަމަވި އިރުވެސް ފޯމުލާފައި ނުވާކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ކޭއޯއަށް މައުލޫމާތުދެ އެވެ.

ހަމައެކަނި ފިރިހެނުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތަކީ އެހެން އަހަރުތަކުގައި ވަރަށް ފޯރިގަދަކޮށް ކުޅުދުއްފުށީގައި ކުޅެމުން އައި މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355