twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެމްއާރުއައި މެޝިނެއް ގެނެސްފި

- ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާނަމަ ދޮޅުމަސްތެރޭ ހިދުމަތް ލިބޭނެ
- މިއީ ކޭއާރުއެޗަށް ގެނައި ފުރަތަމަ އެމްއާރުއައި މެޝިން

އަބްދުލް ވާހިދު ޙަސަން
Mar 19, 2020
3

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބަހައްޓަން ހަމަޖެހިފައިވާ މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި) މެޝިން މިރޭ ކުޅުދުއްފުއްޓަށް ގެނެސްފި އެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން ގެނައި މި އެމްއާރުއައި މެޝިން ގެނެސް، އިންްސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެސްޓީއޯގެ އިންޖިނިއަރުންނެވެ.

ޓެކްނިކަލް އިންޖިނިއަރުންނާ ހަވާލާދީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ، ޓައިމްލައިންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާކަމަށްވާނަމަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި މެޝިން އިންސްޓޯލްކޮށް ހިދުމަތް ފެށޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތަށް ރާއްޖެއިން ބޭރުން އަންނަ އިންޖިނިއަރިންގ އައުމުގައި ދަތިތަކެއް ހުރި ކަމަށެވެ. މިހާރުވެސް އެމްއާރުއައިގެ މަސައްކަތުގައި އެސްޓީއޯގެ ޓީމެއް ކުޅުދުއްފުށި ހޮސްޕިޓަލުގައި ދަނީ މަސައްކަތްކުރަމުންނެވެ.

މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެމްއާރުއައި މެޝިނެއް ގެނެސްފައެއް ނުވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުން ހިިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. މިސަރުކާރުންވެސް ވަނީ މި ހޮސްޕިޓާ ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355