މިސްކިތެއް ބަންދުކުރަންޖެހޭ ހާލަތަކަށް ހިނގައްޖެނަމަ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި މިސްކިތެއް ބަންދު ނުކުރުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ހުއްދަ ނުހޯދާ މިސްކިތްތައް ބަންދުކުރަމުންދާތީ އެކަމުގެ ޝަކުވާ އެމިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
މިސްކިތާއި މިސްކިތްތަކުގެ ގޯތިތެރެ ބޭނުންކުރުމާއި މިސްކިތުގެ ގޯތި ތެރޭގަިއ ތަނެއް ބިނާކުރުން މަރާމާތުކުރުން ނުވަތަ މިސްކިތަކަށް ބައެއް އިތުރުކުރުން ނުވަތަ ބަދަލެއް ގެނައުން ފަދަ އެއްވެސް މަސައްކަތެއް ކުރާނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ މިސްކިތުގައި ބޭނުންކުރާ ސައުންޑް ސިސްޓަމް ބޭނުންކުރާނީ ބަންގި ގޮވައި އަދި މިނިސްޓްރީން އަންގާ އެންގުންތައް އެންގުމަށް ކަމަށެެވެ. އެނޫން ގޮތަކަށް ސައުންޑް ސިސްޓަމް ބޭނުންކުރަނާނީ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދާއި ރިސޯޓް ތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން ވަނީ މެދުކަނޑައިލައިފައެވެ.