twitterviber whatsapp telegramfacebookyoutube instagram
6th May 2024

މުޅި ރާއްޖޭގައި ނަމާދުގެ ޖަމާއަތް މެދުކަނޑާލަން އަންގައިފި

ނަބީލާ އިސްމާޢީލް
Apr 19, 2020

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާތީ މިއަދު މިޣްރިބް ނަމާދުން ފެށިގެން މި މަހު 30 ވަނަ ދުވަހުގެ އަސުރު ނަމާދުގެނިޔަލަށް މުޅި ރާއްޖެގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާސުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ނިންމީ މިހާރު ރާއްޖޭގައި މި ވައިރަހުގެ ހާލަތަށް ރިއާޔަތްކޮށް އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްތަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމްވެރިންގެ ލަފާގެ މަތިން ކަމަށެވެ.

މިނިސްޓްރީން ބުނީ މި ހާލަތުގައި މިސްކިތުގައި ހަމަ އެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގައިދޭ ކަމަށެވެ.

މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި މިސްކިތުގެ ޖަމާއަތް މެދުކަނޑާލި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކޮށް ތަރާވީހު ނަމާދާއި ސުންނަތް ނަމާދު ގިނަކޮށް ޤުރުއާން ކިޔަވައި ﷲގެ ރަހުމަތުން މާޔޫސްނުވެ ސަބަބު ތަކުގައި ހިފާ ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް އިސްތިޣުފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355