twitterviber whatsapp telegramfacebookyoutube instagram
4th December 2025

ހުއްދަ ނުހޯދާ ކެނޯއެއްގައި ކުޅުދުއްފުއްޓަށް އައި ދެ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި

ނަބީލާ އިސްމާޢީލް
Apr 27, 2020

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ކުޅުދުއްފުށީ ލޮކްޑައުންވެސް ކޮށްފައިވަނިކޮށް ހދ. ކުރިނބިން ފުރައިގެން ކުޅުދުއްފުއްޓައް ކެނޯ އެއްގައި އައި ދެ މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކުރީ ކުޅުދުއްފުށި އެއާޕޯޓު ސަރަހައްދުން ރޭ 23:30 ހާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މައްސަލަ އަންނަނީ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މީގެކުރިންވެސް ހދ.ނޮޅިވަރަމުން ފުރައިގެން ކުޅުދުއްފުއްޓަށް މިގޮތަށް އަރަން އުޅުނު ދެ މީހަކުވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355