ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ ސިއްހީ ފަރާތްތަކަށް އެލަވެންސެއް ދިނުމަށް ނިންމާފައިވާކަން ފައިނޭންސް މިނިސްޓަރު ހާމަކުރައްވައިފި އެވެ.
މިހާރު ކުރިއަށްދާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަތަކަށް ގެނައި ބަދަލުތަކުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށާއި އަދި މިކަމުގައި ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އެލަވެންސެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކުޑަ ކުރި މުސާރަތަކުން ސިއްހީ ދާއިރާގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި އެހެން ފަރާތްތައް ވާނީ އިސްތިސްނާ ކޮށްފައި ކަމަށެވެ.
އެގޮތުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ވަނީ ތިން ގިންތިއަކަށް ބަހާލައިފައިވާ ކަމަށާއި މި ތިން ގިންތީގެ ތެރެއިން ފުރަތަމަ ގިންތީގައި ހިމެނޭ މީހުންނަށް ދުވާލަކު 500 ރުފިޔާ އަދި ތިން ވަނަ ގިންތީގައި މަސައްކަތް ކުރާ މީހުންނަށް ދުވާލަކު 200 ރުފިޔާ ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އެ ފަރާތްތަކަކީ ކޮވިޑަށް ޕޮޒިޓިވްވާ ނުވަތަ ބަލި ހުރެދާނެ ހައި ރިސްކު ފަރާތްތަކާއި ގާތުން ދިމާވެދާނެ ފަރާތްތައް ކަމަށާއި އޭގެތެރޭގައި މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓް ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، ބައްޔަށް ޕޮޒިޓިވްވާ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި އުޅަނދުތަކުގައި ތިބޭ ފަރާތްތަކުންނާއި، ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ވޯޑަށް ވަންނަ ފަރާތްތަކާއި، ޓްރެވެލް ކްލިނިކުތަކުގައި މަސައްކަތްކުރާ މީހުން ހިމެނޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.
ސަރުކާރު ވަނީ ދައުލަތުގެ އިސް މަގާމުތަކުގެ މުވައްޒަފުންގެ މުސާރަވެސް ކުޑަކުރަން ނިންމާފައިވާކަން ހާމަކޮށްފައި އެވެ. މިނިސްޓަރު އަމީން ވިދާޅުވީ، ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަށް އަނެއްްކާ ވެސް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ މިބަދަލާއެކު ދައުލަތުގެ މުސާރަތަކުން 20،000 ރުފިޔާއަށް ވުރެ ދަށް އެއްވެސް މުސާރަ އަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. ބަދަލު އަންނާނީ 20،000-25،000 ރުފިޔާއާ ދެމެދު މުސާރައިން 25 ޕަސެންޓް، 25،000-60،000 ރުފިޔާ އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60،000 ރުފިޔާ. އިން މަތީގެ މުސާރަތަކުން 35 ޕަސެންޓްކަނޑާނެ ކަމަށެވެ.