twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮވިޑް-19 ގެ ހޭދައަށް 800 މިލިއަން ރުފިޔާ ހަރަދުވެއްޖެ

ނަބީލާ އިސްމާޢީލް
May 12, 2020

ކޮވިޑް-19 ކޮންޓްރޯލު ކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތައް މިހާތަނަށް 814.2 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ "ކޮވިޑް ވީކްލީ ސްޕެންޑިން" ރިޕޯޓުގައިވާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ފަރުމާ ކުރުމާއި ތަކެތި ގަންނަން އަދި މީހުން ކަރަންޓީން ކުރުން ފަދަ ކަންކަމަށް ޖުމްލަ 814.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

އެގޮތުން މިދިޔަ ހަފްތާއިން ކޮވިޑަށް ހޭދަކޮށްފައިވާ މިންވަރު ވަނީ އޭގެކުރީ ހަފްތާއާ އަޅާ ބަލާއިރު 22 ޕަސެންޓު އިތުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެ އެވެ.

މި ހަފުތާގެ ރިޕޯޓުގައިވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓް މެނޭޖުމަންޓް ސެންޓަރަށެވެ. މި ސެންޓަރުގެ މަސައްކަތް ތަކަށް 525.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތް މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީން 135.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އެންމެ ބޮޑު ހޭދައެއް ކުރަމުން ދަނީ މި ބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެތި ހޯދުމަށެވެ. ތަކެތި ހޯދަން މިހާތަނަށް 389.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ސަރުކާރުން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް (ޕީޕީއީ) އާއި ބައްޔަށް ޓެސްޓުކުރުމާއި ވެންޓިލޭޓަރު ހޯދުމުގެ އިތުރުން ފެސިލިޓީތައް ގާއިމުކުރުމަށެވެ. އެގޮތުން މިނިސްޓްރީއިން ވަނީ ހޭދަތައް ކޮށްފައިވާގޮތުގެ މައުލޫމާތު ހާމަކޮށްފަ އެވެ.

ސަރުކާރުން ވަނީ އެކި ދާއިރާތަކަށް ކުރާ ހޭދަ ކުޑަ ކުރުމަށްފަހު ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ކުރަން ބޮޑު ހޭދައެއް ކުރަން ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355