twitterviber whatsapp telegramfacebookyoutube instagram
19th March 2026

ކޮވިޑަށް ލިބުނު އެހީގެ ގޮތުގައި 290 މިލިއަން ޑޮލަރު ޔަގީން ކުރެވިފައިވޭ: ފިނޭންސް

May 16, 2020

ކޮވިޑް-19 އާ ގުޅިގެން އެހީ ހޯދަން ކުރަމުންދާ މަސައްކަތުން މިހާތަނަށް 290 މިލިއަން ޑޮލަރު ޔަގީން ކުރެވިފައިވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސުގައި މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި އަދަދަށް އެހީ ލިބުނު ނަމަވެސް، އިތުރަށް 13 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށެވެ. އެކަމަށް މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ބަޖެޓުގެ ހަރަދު ކުޑަ ކުރަން އެންމެ ގިނައިން ތަކެތި ގަންނަ އެސްޓީއޯ އަށް އައިޓީއެފްސީ އިން ކްރެޑިޓް ފެސިލިޓީއެއް ހޯދަން ވެސް ދަނީ މަސައްކަތް ކުރަމުން ސަރުކާރުން ސޮވްރިން ގެރެންޓީ ދީގެން ކަމަށާއި އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކް [އޭއައިއައިބީ] އާއި އެހެން ފަރާތްތަކާ ވެސް ވާހަކަ ދައްކަމުން ދާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުމަށް އެހީތެރިވުމުގެ ގޮތުން، އައިއެމްއެފުން ރާއްޖެއަަށް ދޭން ނިންމި 28.9 މިލިއަން އެމެރިކާ ޑޮލަރު މިހާރު ވަނީ އެމްއެމްއޭ އަށް ލިބިފަ އެވެ. މީގެ އިތުރުން އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ 400 ޔޫއެސް ޑޮލަރު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ތެރޭގައި ހިމެނޭ 150 މިލިއަން ޔޫއެސް ޑޮލަރު ވެސް ވަނީ އެމްއެމްއޭ އަށް ލިބިފަ އެވެ.

މިނިސްޓަރު ވިދާޅުވި ރާއްޖެ އިން ހަ ޕަސެންޓުގެ އިންޓެސްޓުގައ އެއްވެސް ލޯނެއް ނުނަގާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355