ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖޭގައި ކުރަމުން ގެންދާ މަސައްކަތް ތަކަށް މިހާތަނަށް 892.3 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރާ ވީކްލީ ކޮވިޑް-19 ސްޕެންޑިންގ ރިޕޯޓުން ދައްކާ ގޮތުގައި ކޮވިޑް-19 އިން ސަލާމަތްވާ ކުރާ މަސައްކަތްތަކަށް މިދިޔަ މަހުގެ 28 ގެ ނިޔަލަށް ކުރި ހޭދަ ވަނީ 2.8 ޕަސެންޓް އިތުރުވެފަ އެވެ.
މި ރިޕޯޓުން ދައްކާގޮތުން ފާއިތުވެދިޔަ ހަފްތާގައި އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮޓޯރިޓީގެ މަސައްކަތްތަކަށެވެ. އެގޮތުން އެންޑީއެމްއޭގެ މަސައްކަތްތަކަށް ޖުމްލަ 584.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 2 ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތް މިނިސްޓްރީއަށެވެ. އެއީ ޖުމްލަ 141.1 މިލިއަން ރުފިޔާއެވެ. 84.1 މިލިއަން ރުފިޔާއާއިއެކު 3 ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑަށެވެ.
ސަރުކާރުން ދަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެކަމަށް ބޮޑު ހޭދައެއް ދަނީ ކުރަމުންނެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެންޑީއެމްއޭއަށް ހަރަދުކުރި ފައިސާގެ އެއްބައި ހަރަދުކޮށްފައިވަނީ ސިއްހީ އެކިއެކި ސާމާނު ގަތުމަށްކަމަށެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބޭރު ގައުމުތަކުންވެސް އަންނަނީ ހިލޭ އެހީ ދެމުންނެވެ.