twitterviber whatsapp telegramfacebookyoutube instagram
20th April 2024

އޮޑިޓަރ ޖެނެރަލްއާއި ތިން މިނިސްޓްރީން ކޮމިޓީއަށް ހާޒިރު ކުރަނީ

ޚަދީޖާ އާދަމް
Aug 17, 2020

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި އެ ދެ މިނިސްޓްރީން ވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާއިރު ދެ ރިޕޯޓުގެ މައްސަލަ ވަކިވަކިން ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އެގޮތުން އެ މައްސަލަ އިތުރަށް ބެލުމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތާއި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ ހާޒިރުކުރަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން، ރާއްޖެ އަށް ބޭނުންވާ 149 ވެންޓިލޭޓަރު ގަތުމުގައި ތިން ކުންފުންޏަކާ ހަވާލުކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ފެންމަތިކޮށްފައިވާ އޮޑިޓާ ގުޅޭ ގޮތުން ޒިޔަތު ކޮމިޓީ އަށް ހާޒިރުކުރަން ފާސްކުރީ މާދަމާ މެންދުރުފަހު 2:00 އަށެވެ.

ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ހާޒިރުކުރާނީ، ދެ ރިޕޯޓް އޮޑިޓަ ޖެނެރަލް ހުށަހެޅުއްވުމުން ކަމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ފިނޭންސް މިިނިސްޓްރީ ހާޒިރުކުރަން ނިންމީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށް، އެއްބަސްވުމުގެ އަގުގެ 90 ޕަސެންޓަށް ވާ ފައިސާ ޕާފޯމަންސް ގެރެންޓީއަކާ ނުލައި ހަވާލުކުރި މައްސަލައިގަ އެވެ.

ކޮމިޓީން ނިންމާފައިވަނީ، އޮޑިޓް އޮފީސް އަދި ފިނޭންސް މިނިސްޓްރީއާ ބައްދަލުކުރުމަށްފަހު، މާދަމާ ހެލްތް މިނިސްޓްރީއާ ވެސް ބައްދަލު ކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355