twitterviber whatsapp telegramfacebookyoutube instagram
29th March 2024

ލިޔާ ޑަބްލިއުއެސްއޭ ކުޅުދުއްފުށީ ބެޑްމިންޓަން ސީރީސް 2021 ފަށައިފި

ޚަދީޖާ އާދަމް
Jan 12, 2021

ކުޅުދުއްފުށީ ޑަބްލިއު ސްޕޯޓް އެކަޑެމީއާއި ބެޑްމިންޓަން އެސޯސިއޭޝަން ގުޅިގެން ބާއްވަ ބެޑްމިންޓަން ޓޯނަމެންޓްގެ "ލިޔާ ޑަބްލިއުއެސްއޭ ކުޅުދުއްފުށީ ބެޑްމިންޓަން ސީރީސް 2021" ފަށައިފި އެވެ.

މި މުބާރާތް ކުރިއަށް ދާނީ މިމަހު 11 އިން 25 ގެ ނިޔަލަށެވެ. ޓީމް އިވެންޓް އަދި އޯޕަން ކެޓަގަރީ ހިމެނޭ ގޮތަށް ދެ ކެޓަގަރީއަކަށް ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 151 މެޗު ކުޅޭނެ އެވެ.

ޓީމް އިވެންޓު އަންހެން، ފިރިހެން ދެ ޖިންސަށް އަދި އޯޕަން ކެޓަގަރީގައި ސިންގަލްސްގެ އިތުރުން ޑަބަލްސް އަދި މިކްސް ޑަބަލްސް މެޗުތައް ކުޅޭނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް މިދިޔަ ޑިސެންބަރު މަހު ހުޅުވާލި ފުރުސަތުގައި ފިރިހެން 7 ޓީމް އަންހެން 4 ޓީމު ވަނީ ބައިވެރިވެފައެވެ. އޯޕެން ކެޓަގަރީން 46 ފިިރިހެން ބައިވެރިނާއި 16 އަންހެން ބައިވެރިން ބައިވެރިވެފައިވާއިރު ޓީމް އިވެންޓުން 49 ފިރިހެން ބައިވެރިން އަދި 20 އަންހެން ބައިވެރިން ބައިވެރިވެފައި ވެއެވެ.

މިއީ މިހާތަނަށް ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ މެއިން ސްޕޮންސާރއަކީ ލިޔާ އިންވެސްޓްމެންޓެވެ. ކޯ ސްޕޮންސާރައަކީ އަސްކަނި ސްޕޯޓްސްއެވެ. މީގެ އިތުރުން އޮފިޝިއަލް ޕާޓްނަރުންގެ ތެރޭގައި ސްޕޯޓްސް ހޮރަރިއޯ، އައިވެލް ޕޯޓްރެއިޓް އަދި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ހިމެނެއެވެ.

މުބާރާތުގެ ވަނަވަނައަށް ދާ ފަރަތްތަކަށް ފައިސާގެ އިނާމާ ޓްރޮޕީ ދެވޭނެއެވެ. މީގެ ކުރިން ވެސް ޑަބްލިއުއެސްއޭއިން ވަނީ އާންމުކޮށް ހުޅުވާލައިގެން އަދި އޮފީސްތަކަށް އަމާޒުކޮށްގެން ވެސް ކުޅުުުދުއްފުށީގައި ބެޑްމިންޓަން މުބާރާތްތައް ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355