twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ދީނުގެ ހުކުމްތައް ބަޔާންކުރުމަކީ ދީނީ އިލްމުވެރިންގެ ޒިންމާއެއް

ނަބީލާ އިސްމާޢީލް
Feb 8, 2021

އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ އިލްމުވެރިންގެ ޒިންމާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ބަޔާކޮށް ކުރި ޓްވީޓްގައި ބުނީ އިސްލާމްދީނުގެ ހުކުމްތަކަށް އިހްތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް ކަމަށެވެ. އަދި ދީނުގެ ހުކުމްތައް ބަޔާންކުރުމަކީ ދީނުގެ އިލްމު އުނގެނިގެން ތިބި، ދީނީ ނަސޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ޒިންމާއެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ މިޔުޒިކް އަޑުއަހާލައި، ހާސްކަމެއް ނެތި މަޖާ ކޮށްލުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ބައެއް މެމްބަރުން މިއުޒިކަކީ ހަރާމް އެއްޗެއް ނޫން ކަމަށް ބުނެ އިލްމުވެރިންނަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ މާލެ އަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ވެސް ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖުކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާ ކަމަށެވެ.

އަދި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިއަދު މާލޭގައި އުޅޭ ޒުވާނުން އިންތިހާ އަށް ބޭނުންވެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355