twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޮވިޑާ ގުޅުންހުރި ސާމާނު ހޯދުމަށް 650 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވޭ

ޚަދީޖާ އާދަމް
Mar 10, 2021
1

ކޮވިޑް-19 އާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށް 650 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އާންމުކުރާ "ކޮވިޑް-19 ވީކްލީ ސްޓެޓިސްޓިކްސް" ދައްކާގޮތުން ކޮވިޑާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސްއަށް ސަރުކާރުން ވަނީ 653.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

އަދި ގްރާންޓްސް ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސްއަށް 123 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ސަޕްލައިސް އަދި ރިކުއިސިޓްސްއަށް 94 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އޭގެ އިތުރުން ކެޕިޓަލް އިކުއިޕްމެންޓަށް 201 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އޮޕަރޭޝަނަލް ސަރވިސަސްއަށް 187.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ކޮވިޑާ ގުޅިގެން ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން 1,502.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ހަރަދުކޮށްފައި ވަނީ 1,565.3 މިލިއަން ރުފިޔާއެވެ. އަދި މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހޭދަކޮށްފައި ވަނީ 102.5 މިލިއަން ރުފިޔާއެވެ.

މިހާތަނަށް ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 292.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 941.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355