twitterviber whatsapp telegramfacebookyoutube instagram
4th December 2025

ތިން ރަށެއްގެ މަގުތަކުގައި ތާރުއަޅަން ހަވާލުކޮށްފި

ޚަދީޖާ އާދަމް
Apr 8, 2021
1

ހއ. ހޯރަފުށި، ޅ. ހިންނަވަރު އަދި ގދ. ތިނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު 2 ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހޯރަފުށި ބޮޑު މަގުތަކުގައި ތާރު އެޅުމަށް ހަވާލުކުރީ އެމްޓީސީސީއަށެވެ. މި މަޝްރޫއުގެ ދަށުން 5.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކުރާނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 470 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް، މަޝްރޫއު ހަވާލުކުރީ 71.91 މިލިއަން ރުފިޔާއަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންނަވަރު އަދި ތިނަދޫ މަގުތަކުގައި ތާރު އަޅަމް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. ތިނަދޫ މަގުތަކުގައި ތާރުއަޅަން ހަވާލުކުރީ 78.80 މިލިއަން ރުފިޔާ އަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެ މަޝްރޫއުގެ ދަށުން 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ހިންނަވަރުގެ މަޝްރޫއު ހަވާލުކުރީ 122.08 މިލިއަން ރުފިޔާގެ އަގަކަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355