twitterviber whatsapp telegramfacebookyoutube instagram
18th June 2026

ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ޚަދީޖާ އާދަމް
Apr 8, 2021

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވެއްޖެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރުމަށްޓަކައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިންނާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ މިއީ 39.6 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށާއި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 75 ދުވަހުގެ ތެރޭގައި ކަމަށެވެ.

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 50 މީޓަރުގެ 5 ގްރޮއިން ޖެހުމާއި 30 މީޓަރުގެ 1 ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355