twitterviber whatsapp telegramfacebookyoutube instagram
9th June 2026

ހަނި ތަފާތަކުން މަޖީދަ ކުރީގައި

އަބްދުލް ވާހިދު ޙަސަން
Apr 12, 2021
6

ކުޅުދުއްފުށީ މެދު އުތުރު ދާއިރާގެ ގޮނޑި މަޖީދާ ކުރި ހޯދައްވައިފި އެވެ. އެންމެ ފަހުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މަޖީދާ އުޅެނީ 7 ވޯޓުގެ ހަނި ތަފާތަކުން ކުރީގައި އެވެ.

އެ ދާއިރާއަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަމިނަތު އަހުމަދު، ކުޅުދުއްފުށީގައި ބެހެއްޓި ފޮށިތަކުން ކުރި ހޯދިނަމަވެސް މިހާރުގެ ނަތީޖާ ދައްކާގޮތުން އޭނާއަށް ލިބިފައިވަނީ 284 ވޯޓެވެ.

7 ވޯޓާއެކު މަޖީދާ ކުރީގައި އުޅުއްވާއިރު އެ ދާއިރާގެ ގޮނޑި ކަށަވަރުކުރެއްވިއްޖެނަމަ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސުޕަރމެޖޯރިޓީ އަނެއްކާވެސް އެމްޑީޕީއަށް ލިބިގެންދާނެ އެވެ.

މަޖީދާއަކީ މީގެ ކުރިންވެސް ކައުންސިލް މެމްބަރު ގޮނޑިއެއް ފުރުއްވި ބޭފުޅެކެވެ. އެފަހަރު އޭނާ ކައުންސިލަށް ހޮވިލެއްވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355