twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިންތިހާބުގައި އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމްއަށް 325 ގޮނޑި

ޚަދީޖާ އާދަމް
Apr 25, 2021
2

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން އެމްޑީޕީ އަށް 400 ގޮނޑި އަދި އެ ޕާޓީއާ އެންމެ ވާދަވެރި އިދިކޮޅު ޕީޕީއެމަށް 325 ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.

އިންތިހާބުގައި ދެން ވާދަކުރި ޖުމްހޫރީ ޕާޓީއަށް 23 ގޮނޑި، އަދާލަތު ޕާޓީއަށް 11 ގޮނޑި އަދި އެމްޑީއޭއަށް 16 ގޮނޑި ވަނީ ލިބިފައެވެ. އަމިއްލަގޮތުން ވާދަކުރި 600 ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބުކުރެވުނީ 173 ކެންޑިޑޭޓެކެވެ.

އީސީ ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި 804 ކެންޑިޑޭޓުން ވާދަކޮށްފައިވާކަމަށާއި ޕީޕީއެމުން 646 ކެންޑިޑޭޓުން މަގާމަށް ވާދަކުރިކަމަށެވެ.

އެގޮތުން އެމްޑީޕީ އަށް 71 ރަށު ކައުންސިލްގެ މެޖޯރިޓީ، ޕީޕީއެމަށް 64 ރަށު ކައުންސިލް މެޖޯރިޓީ ލިބިފައި ވެ އެވެ. އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް 31 ރަށެއްގެ ކައުންސިލް މެޖޯރިޓީ، ޖުމްހޫރީ ޕާޓީ އަށް ތިން ރަށެއްގެ ކައުންސިލް އަދި އަދާލަތަށް އެއް ރަށެއްގެ ކައުންސިލް މެޖޯރިޓީ ލިބުނެވެ.

ޖުމުލަ މަގާމުތަކުގެ ތެރެއިން އެމްޑީޕީއަށް 43 ޕަސެންޓް އަދި ޕީޕީއެމަށް 34.9 ޕަސެންޓް ކާމިޔާބު ކުރެވިފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ.

ދެން އެންމެ ގިނަ މަގާމު ލިބިފައި ވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށެވެ. ޖުމުލަ ގޮނޑީގެ ތެރެއިން 18 ޕަސެންޓް ލިބިފައި ވަނީ އަމިއްލަ ގޮތުން ވާދާކުރި ކެންޑިޑޭޓުންނަށެވެ. ޖުމްހޫރީ ޕާޓީ އަށް ދެ ޕަސެންޓު، އެމްޑީއޭ އާއި އަދާލަތްށް އެއް ޕަސެންޓް ލިބިފައިވެ އެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 2،234 ކެންޑިޑޭޓުން ވާދަކުރި އެވެ. ޝަރީފް ވިދާޅުވީ މިއީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކޮށްގެން ބޭއްވި އިންތިހާބު ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355