ކޮވިޑްގެ އާލަމީ ވަބާގައި އެންމެން ގޭގައި ތިބެން މަޖުބޫރުވެފައިވާ މިވާ ދަތި އުނދަގޫ ދަނޑިވަޅުގައި ދިރިއުޅުން ފަސޭހަވެގެން މި ދަނީ އެތައް ބައެއްގެ ބުރަ މަސައްކަތާއި ގުރުބާނީ ތަކަކުން ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ. އެގޮތުން ސްކޫލު ކުދިންގެ އޮންލައިން ކުލާސްތަކާއި ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހިފައިވާ އެންމެންގެ އިތުރުން އިންޓަނެޓް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް އެތައްކަމެއް ފަސޭހަވެގެން ދިއުމުގައި، ރާއްޖޭގެ މުވާސަލާތީ އެއްކުންފުނި ކަމުގައި ވާ އުރީދޫ މޯލްޑިވްސްގެ ދައުރު ފާހަގަ ކޮށްލަންޖެހެއެވެ. ވޭތުވެމިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދެވޭ އެންމެ ފުރިހަމަ ބްރޯޑްބޭންޑް ހިދުމަތް ސުޕަނެޓާއެކު އުރީދޫއިން މިވަނީ، އެކުންފުންޏަކީ ރައްޔިތުންގެ ބައިވެރިއެއްކަން ހާމަކޮށްދީފައެވެ.
2020 ވަނަ އަހަރުން ފެށިގެން ކޮވިޑް އަދި ލޮކްޑައުންގެ ދަތި އުދަގޫ ހާލަތުގައި ރައްޔިތުން އުޅެން ފަށާފައި ވާއިރު، ރައްޔިތުންނަށް އެންމެ ބޮޑަށް މިދަނޑިވަޅުގައި މުހިއްމުވެފައިވާ އިންޓަނެޓަށް އުރީދޫ އިންވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކާއެކު، މީގެ އަހަރެއްހާ ދުވަސްކުރިއާ އަޅާބަލާއިރު، ކުރިން ހުރި ރޭޓުގައި މިހާރު 5 ގުނަ އިތުރަށް ސްޕީޑް ލިބެއެވެ. އަދި އޭރާ އަޅާކިޔާއިރު %68 ޑޭޓާވެސް ޕެކޭޖް ތަކުގައި ވަނީ އިތުރު ކޮށްފައެވެ. އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެން މިހާރު ވަނީ ފަށާފަ އެވެ.
ކޮވިޑް 19 ގެ އާވޭވް އާއެކު އުރީދޫ އިން ތަޢާރަފް ކުރި ހާއްސަ އޮފާ ތަކުގެ ދަށުން ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50% އާއި ހަމައަށް އިތުރު ޑޭޓާ 1 ޖޫން 2021 އިން ފެށިގެން ވަނީ ދީފައެވެ. އަދި ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް އަދި ގޭމިންގ އަށް ހާއްސަކޮށް އުރީދޫގެ ސުޕަނެޓްވަނީ އޮޕްޓިމައިޒް ކޮށްފައެވެ. އެގޮތުން ޕެކޭޖް ޓްރޮޓޮލް ވިކަމުގައި ވިޔަސް، އިސްވެބަޔާންކުރެވުނު އެޕްތައް އެއްވެސް ހުއްޓުމެއްނައިސް ބޭނުންކުރެވޭނެ ގޮތަށް ސުޕަނެޓްވަނީ ފައްކާކޮށްފައެވެ.
ރައްޔިތުން ލޮކްޑައުންވެ، ކޮލެޖްތައް ބަންދުވެ، ތައުލީމީ ނިޒާމު އޮންލައިންއަށް ދާން މަޖުބޫރުވި މިދަނޑިވަޅުގައި ދަރިވަރުންނަށް ވެސް އުރީދޫއިން ވަނީ ތަފާތު ފަސޭހަތައް ގެނެސްދީފައެވެ. އޮންލައިން ކޮށް ކިޔެވުން ކުރިއަށް ގެންދިޔުމަށް ތައާރަފުކުރި އެޑްއޯންތައް އުރީދޫ ސުޕަނެޓް، ފަސޭހަ ހޯމްބްރޯޑްބޭންޑް އަދި މައިފައި ގެންގުޅޭ ފަރާތްތަކަށް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެންވަނީ ފަހިކޮށްދީފައެވެ.
މީގެ އިތުރުން މިހާރު ކުޅެމުންދާ ފޯރިގަދަ ޔޫރޯގެ މެޗްތައް އޮންލައިންކޮށް ދެއްކުމަށް އުރީދޫއިންވަނީ ސޮނީ ލިވް އާއެކު ޕާޓްނަރޝިޕެއް ހަދާފައެވެ. އަދި ކުޑައަގެއްގައި ކަސްޓަމަރުންނަށް ހާއްސަ ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. މިހާއްސަ ޕެކޭޖްގެ ދަށުން ސުޕަނެޓް 50އެމް އަދި 100އެމް މިހާރު ގެންގުޅުއްވާ ކަސްޓަމަރުންނާއި އަލަށް އެޕެކޭޖްތައް ނަންގަވާ ކަސްޓަމަރުންނަށް ސޮނީލިވް ޕްރީމިއަމް އެކްސެސް ހިލޭ ލިބި، ޔޫރޯ 2020 ގެ މެޗުތައް ބަލައިލެވޭނެ އެވެ.
ޔޫރޯގެ ވާހަކަދައްކާއިރު އުރީދޫ ފެންޓަސީލީގުގެ ވާހަކަވެސް ފާހަގަކޮށްނުލައި ދޫކޮށްލެވޭކަށް ނެތެވެ. ޔޫރޯގެ ފޯރީގައި އެންމެ ފުރިހަމަގޮތުގައި ބައިވެރިވުމަށް އުރީދޫ ފެންޓަސީލީގެއްވެސް އެކުންފުނިން ވަނީ ފަށާފައެވެ. މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއްވެސް ލިބިގެންދާނެއެވެ. މި ފަދަ ކޮންމެ މުނާސަބަތަކާ ގުޅުވައިގެންވެސް އުރީދޫއިން އަންނަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިމުނަށް ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.
އިންޓަނެޓް މެދުވެރިކޮށް ގިނަކަންކަން ކުރެވޭ މިދުވަސްވަރުގައި ސޯޝަލް މީޑިއާ ބޭނުންކުރުމަށް ފަސޭހަ ކޮށްދިނުމަށް ޑާޓާބޭނުން ނުކޮށް ފޭސްބުކްގެ އަސާސީ ހިދުމަތް އުރީދޫ ކަސްޓަމަރުންނަށް ލިބޭގޮތްވެސް އެ ކުންފުނިން ވަނީ މަގުފަހިކޮށްދީފަ އެވެ. އަދި ޕޯސްޓްޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ހިލޭ ވައިބަރ ވެސް މިހާރު ބޭނުން ކުރެވޭނެއެވެ.
މިދަތި ދަނޑިވަޅުގައި މިފަދަ ހިދުމަތްތަކެއް ނުލިބޭނަމަ ދިރިއުޅުން އިތުރަށް އުނދަގޫވެގެން ދާނެ ކަމާއިމެދު ޝައްކެއް ނެތެވެ. އުރީދޫގެ ސުޕަނެޓްގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ ގޮތުން، މިހާރު ރާއްޖޭގެ %75 އާބާދީއަށް ފޯރުކޮށްދޭއިރު މި ހިދުމަތް ކުޅުދުއްފުށި ސިޓީއަށްވެސް ލިބެ އެވެ.
އަދި މިފަދަ ދަނޑިވަޅެއްގައި އިޖުތިމާއީ ގައިދުރުކަން އިސްކުރަންޖެހިފައިވާއިރު، އުރީދޫ އެޕް މެދުވެރިކޮށް ގޭގައި ތިބެގެން އެކިއެކި ޔޫޓިލިޓީ ބިލްތައް ދައްކާލެވޭއިރު، އުރީދޫ އެޕްގައިހިމެނޭ، މޫލީ ޝޮޕް ބޭނުންކޮށްގެން ވިޔަފާރިކޮށްލުމުން، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރ ކޮށްދެއެވެ. އުރީދޫއިން ވަނީ ރާއްޖޭގެ އެކިރަށްރަށުގައި ޑިޖިޓަލް ސެންޓަރުތައްވެސް ގާއިމުކޮށްފައެވެ.
ރައްޔިތުންނަށް އެންމެ ބޭނުންޖެހުނު ދަނޑިވަޅުގައި އުރީދޫއިން މިވަނީ އެކުންފުންޏަކީ ރައްޔިތުންނާއެކުވާ ބައިވެރިއެއްކަން ހާމަކޮށްދީ ޔަގީންކޮށްދީފައެވެ.