twitterviber whatsapp telegramfacebookyoutube instagram
7th May 2024

އަމީރު އަމީން ސްކޫލު ޕްރައިވެޓްކޮށް ހިންގުމަށް ހުޅުވާލައިފި

Jun 28, 2021
4

މާލީ ދަތިތަކާ ހެދި ހުއްޓާލި އަމީރު އަމީން ސްކޫލް ޕްރައިވެޓްކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ. ކައުންސިލުން ހިންގަމުންދިޔަ އެ ޕްލޭ ސްކޫލު ބަންދުކުރީ ކޮވިޑާ ގުޅިގެން ކުރިމަތިވި މާލީ ދަތިތަކުގެ ސަބަބުން ކުރީ ކައުންސިލުންނެވެ. ކުރީގެ ކައުންސިލުންވެސް ނިންމީ ބަންދުކުރުމަށް ޕްރައިވެޓްކޮށްގެން ހިންގުމަށެވެ.

އަމީރު އަމީން ސްކޫލުގައި ޕްލޭ ސްކޫލެއް ހިންގުމަށް އެ އިމާރާތާ ބިމާ ކުއްޔަށް ދިނުމަށް ހުޅުވާލައި އާންމުކުރި އިއުލާނުގައި ބުނެފައިވަނީ ޕްލޭ ސްކޫލު ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމު ތަރައްގީކުރުމަށް އަމީރު އަމީން ސްކޫލްގެ ބިމާއި އިމާރާތް ކުއްޔަށް ދިނުމަށް ހުޅުވާލާ ކަމަށެވެ.

އެގޮތުން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 20 އަހަރަށެވެ. އެހެންވުމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.

ކައުންސިލުން ބުނީ އަންދާސީ ހިސާބު ހުށަހެޅުއްމަށް ބޭނުންވާ ފަރާތްތަކުން 27 ވަނަ ދުވަހު ފެށިގެން ޖުލައި މަހު 4 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ނަމްބަރު 6527177 އަށް ގުޅައި އޮންލައިންކޮށް ލިންކް ނުވަތަ ކިއު އާރުކޯޑުގައިވާ ފޯމު ހުށަހެޅުމަށެވެ.

މައުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށްގެންދެވޭނެ ކަމަށާއި އަދި އޮންލައިންކޮށް ބައިވެރިނުވެވޭ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނަނީ އެ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355