twitterviber whatsapp telegramfacebookyoutube instagram
18th May 2024

ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައާއި ގުޅިގެން ކުޅުދުއްފުށިން 3 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު އަހުމަދު
Jun 29, 2021
3

މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ކާފިއު ހިންގާފައިވަނިކޮށް ގެއެއްގެ ތެރޭގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައާއި ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މިމައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 35 އަހަރާއި 36 އަހަރުގެ ފިރިހެނަކާއި އަދި 43 އަހަރުގެ ފިރިހެނެކެވެ.

މިމައްސަލައިގައި އެންމެ ފުރަތަމަ މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އެއީ 36 އަހަރުގެ ފިރިހެނެކެވެ. އަދި 35 އަހަރުގެ މީހާ މިމަހު 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު މިދެމީހުންނަކީ ވެސް ވައްކަމާއި ފޭރުމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ ރެކޯޑްވެސް އޮންނަ މީހުންނެވެ. 43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

ފުލުހުން ބުނި ގޮތުގައި މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 36 އަހަރުގެ މީހާއަށް 15 ދުވަސް، 35 އަހަރުގެ މީހާއަށް 10 ދުވަސް، އަދި 43 އަހަރުގެ މީހާއަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

11 ވަނަ ދުވަހުގެ މެންދަމު ގާތްގަނޑަކަށް 2:15 އެހާއިރު ހިނގި މިހާދިސާގައި އެތަނުގައި ހުރި ދެ ސައިކަލަކާއި ބެޓެރީ ބައިސްކަލެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައި އެވެ. އެތަނުގައި ހުރ އިތުރު ސައިކަލެއް ތަންކޮޅެއް ދުރުގައި ބެހެއްޓިފައި ހުރުމުގެ ސަބަބުން އެ ސައިކަލްގައި ހުޅު ނުހިފައިނީސް ދުރަށް ޖެއްސިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355