twitterviber whatsapp telegramfacebookyoutube instagram
10th December 2025

މިރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތް ހެދުމުގެ ހުއްދަ ދީފި

ނަބީލާ އިސްމާޢީލް
Jun 30, 2021

މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެގޮތަށް މިސްކިތްތައް ހުޅުވާލަން ނިންމީ ކޮވިޑް19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ޖުލައި އެކަކުން ފެށިގެން ލުއި ދިނުމަށް ސަރުކާރުން ނިންމުމުން ކަމަށެވެ.

ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން މިނިސްޓްރީއާއި ސަރުކާރުން ކަނޑައަޅާ ވަކި ކަންކަމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ގައިދުރުކޮށް ޖަމާއަތް ހެދުމުގެ އިތުރުން މިސްކިތަށް ދާއިރު އަމިއްލަ މުސައްލައެއް ގެންދިއުމާއި މާސްކު އެޅުމެވެ.

ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން މޭ މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތައް ބަންދުކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ.

ނަމަވެސް ކޮވިޑް ކޭސްތައް ދަށްވުމާއި އެކު ސަރުކާރުން އަނެއްކާވެސް މިވަނީ އުސޫލުތަކަށް ލުއިތަކެއް ދޭން ނިންމާ އެކަން އިއުލާނު ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355