twitterviber whatsapp telegramfacebookyoutube instagram
9th August 2026

ކޮވިޝީލްޑް ޖަހައިގެން އުމުރާއަށް ދެވޭނެ: އިސްލާމިކް މިނިސްޓްރީ

Jul 29, 2021

އަންނަ އަހަރު އުމްރާގެ އަޅުކަމަށް ސައުދީން އެހެން ގައުމުތަކުގެ މީހުނަށް ފުރުސަތު ދޭން ނިންމާފައިވާއިރު، ކޮވިޝީލްޑް ވެކްސިން ފުރިހަމަ ކޮށްގެން ތިބި ފަރާތްތަކަށް އުމްރާއަށް ދިއުމުގައި އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އުމްރާއަށް ދާއިރުގައި ކޮވިޑް ވެކްސިންގެ ވަކި ވައްތަރެއްގެ ވެކްސިންތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށް އެ ގައުމުގެ ހައްޖާއި އުމްރާއާ ގުޅޭ އިދާރާއިން ވަނީ ބުނެފަ އެވެ. ނަމަވެސް އުމްރާއަށް ދާން ފުރިހަމަ ކުރަން ޖެހޭ ވެކްސިންތަކުގެ ލިސްޓެއް ސައުދީން އާންމު ކޮށްފައި ވާއިރު، އޭގެ ތެރޭގައި "ކޮވިޝީލްޑް" ނުހިމެނެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ސައުދީން އާންމު ކޮށްފައިވާ ލިސްޓުގައި ކޮވިޝީލްޑް ނެތް ނަމަވެސް އެ ވެކްސިން ފުރިހަމަ ކޮށްގެން ތިބި ދިވެހިންނަށް އުމްރާއަށް ދެވޭނެ ކަމަށެވެ. އެއީ ސައުދީގެ ހައްޖާއި އުމްރާއި ބެހޭ މިނިސްޓްރީގެ ގަވައިދުގައިވާ ގޮތުން އެ ގައުމަކުން ބަލައިގަން ވެކްސިނެއް ސައުދީން ވެސް ބަލައިގަންނާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޝީލްޑް ޖަހައިގެން ތިބި ދިވެހިންނަށް އަންނަ އަހަރު އުމްރާއަށް ދިއުމުގައި އެއްވެސް ދައްޗަކާ ކުރިމަތި ނުވާނެ ކަމަށާއި މި މައްސަލައާ ގުޅޭ ގޮތުން އަންނަ އާދީއްތަ ދުވަހު ސަރުކާރު ހުޅުވުމުން ސައުދީ އެމްބަސީއާއެކު މަޝްވަރާ ކޮށް ހުރިހާ ކަމެއް ކަށަވަރު ކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355