މޮނިޓަރިން ނެތް ރަށްރަށުގައި ނަމާދުގައި ގުނޫތު ނާޒިލާ ކިޔުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
މާލޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތުގެ ހަމައަކަށް އެޅިފައިވާއިރު ނަމާދުގައި ގައިދުރުކަން ހުއްޓާލުމަށާއި ގުނޫތު ނާޒިލާ ކިޔުން ވެސް މަޑުޖައްސާލުމަށް ވަނީ އަންގައިފަ އެވެ.
އިއްޔެ އިސްލާމިކް މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ މޮނިޓަރިންގެ ހާލަތުގައި ނެތްނަމަ ގުނޫތު ނާޒިލާ ކިޔުން މަޑުޖައްސާލުމަށެވެ. އަދި ރާއްޖޭގެ ކޮވިޑް-19 ހާލަތުވެސް ރަނގަޅުވަމުން އަންނަ ކަމަށް އެސާކިއުލާގައިވެ އެވެ.
ރާއްޖޭގެ ހާލަތު ހަމައަކަށް އެޅެމުން އަންނަ މިދަނޑިވަޅުގައި ސަރުކާރުން ވަނީ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ.