twitterviber whatsapp telegramfacebookyoutube instagram
19th September 2025

އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވޯޓަކާ ނުލާ 165 ކެންޑިޑޭޓުން ހޮވިއްޖެ

ނަބީލާ އިސްމާޢީލް
Sep 15, 2021

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 165 ކެންޑިޑޭޓަކު އިންތިހާބަކާ ނުލާ ހޮވިއްޖެއެވެ.

އެމްޑީޕީން ބުނީ 165 ކެންޑިޑޭޓުން ހޮވިފައިވަނީ އެ ދާއިރާއަށް އިތުރު ކެންޑިޑޭޓަކު ވާދަނުކުރާތީ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

މި އިންތިހާބުގައި ރާއްޖޭގެ އެކި ދާއިރާތަކުގައި ގާތްގަނޑަކަށް 300 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެމްޑީޕީން ބުނާ ގޮތުގައި އެޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 93،0354 މެމްބަރުނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖައްސާފައިވެ އެވެ. އަދި 900 އަށްވުރެ ގިނަ މީހުން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355