twitterviber whatsapp telegramfacebookyoutube instagram
10th April 2025

މަތިއުތުރު ޕްރޮވިންސްގެ ރައީސްއަކަށް ފެނަކައިގެ ޑީއެމްޑީ

ނަބީލާ އިސްމާޢީލް
Sep 26, 2021

އިއްޔެ ކުރިއަށް ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެތެރޭގެ އިންތިހާބުގައި މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު ކާމިޔާބު ކުރައްވައިފިއެވެ.

މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން އިބްރާހިމް ވަހީދު ކާމިޔާބު ކުރެއްވީ އަހުމަދު ޒަކީއާ ވާދަކޮށެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.

މި އިންތިހާބުގައި ސަރުކާރާއި ކުންފުނިތަކުގެ އިސްވެރިން ވާދަކޮށްވަނީ ކާމިޔާބުކޮށްފަ އެވެ. އިންތިހާބު ކާމިޔާބުކުރެއްވި ކުންފުނިތަކުގެ ވެރިންނަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭގެ)ގެ އިތުރުން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

ރައީސްގެ ފެކްޝަނަށް ނިސްބަތްވާ، ތިން ވަޒީރުން ކަމަށްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް އިންތިހާބު ކާމިޔާބުކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355