twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކްރިސްޓިއަން ދީން ފެތުރުން ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން ފިޔަވަޅުތަކެއް އަޅަނީ

ޚަދީޖާ އާދަމް
Nov 13, 2021

ކްރިސްޓިއަން ދީން ރާއްޖޭގައި ފެތުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ކްރިސްޓިއަން ދީން ފެތުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހި ބަހުން އަޑުއަޅާފައިވާ ވީޑިއޯތަކެއް ދައުރުކުރާތާ އަހަރެއްހާ ދުވަސްވެއްޖެއެވެ. ފޭސްބުކާއި ޔޫޓިއުބުގެ އިތުރުން ޑެއިލީމޯޝަން އާއި ޓިކްޓޮކްގައި ޗެނަލްތައް ހިންގައެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ އެ ޕްރޮޖެކްޓް ހިންގާކަމުގެ މައުލޫމާތު ލިބިގެން، އެކަން ހުއްޓުވުމުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން ފުލުހުންނާއެކު ކުރަމުން އަންނަ ކަމަށެވެ.

އެކި ސަބަބުތަކާ ގުޅިގެން ފުލުހުން މީގެ ކުރިން ވަނީ ދިވެހިން ހިންގަމުން އައި ސޯޝަލް މީޑިއާގެ އެކި ޕޭޖްތައް ބްލޮކް ކޮށްފައެވެ. ނަމަވެސް ކްރިސްޓިއަން ދީން ފަތުރަށް ހިންގާ ޕޭޖްތައް މިހާތަނަށް ބްލޮކް ކޮށްފައެއް ނުވެއެވެ.

މިކަމަށް ޕޭޖްތައް ހިންގުމުގެ އިތުރުން އައިއޯއެސްއާއި އެންޑްރޮއިޑް އެޕްލިކޭޝަންވެސް ވަނީ ހަދައިފައެވެ. އީސާގެފާނުގެ ވާހަކަތައް ކަމަށް ބުނެ ދައްކަނީ މުޅިންހެން ޝިރުކުގެ ވާހަކަތަކެކެވެ. މަސައްކަތް ކޮށްފައި ހުންނަނީ ކްރިސްޓިއަން ދީން ފެތުރުމަށެވެ.

ޝިރުކުގެ ވާހަކަތައް ހިމެނޭ ބައެއް ވީޑިއޯތައް ގިނަ ބަޔަކަށް ދެއްކުމަށް ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތަކުގައި ހުންނަނީ ބޫސްޓްކޮށްފައެވެ. އެހެން ކުރާއިރު ވެސް ޒުވާނުންނާއި ކުޑަކުދިންނަށް ޓާގެޓް ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355