twitterviber whatsapp telegramfacebookyoutube instagram
12th August 2026

އެއްފަހަރާ 100 މީހުން މޮނިޓާކުރެވޭ ގޮތަށް ހެދުމަށް މޮނިކޮން ޓެގް ހޯދަނީ

މުޙައްމަދު އަހުމަދު
Nov 15, 2021

އެއްފަހަރާ 100 މީހުން މޮނިޓާކުރެވޭ ގޮތަށް މޮނިކޮން ޓެގް ހޯދުމަށް ހޯމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ހޯމް މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު އިއުލާނުގައި ބުނެފައިވަނީ މީހުން މޮނިޓަރ ކުރުމަށްޓަކައި އިލެކްޓްރޯނިކް ނިޒާމް ޤާއިމު ކުރުމަށް ބޭނުންވާ ތަކެއްޗާއި، އެ ހިދުމަތް ޤާއިމުކޮށްދިނުމާއި، އަދި ޓްރޭނިންގ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިކަމެވެ.

ހޯމް މިނިސްޓްރީން ހާމަކުރިގޮތުގައި މި ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 18 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިން [email protected] އަށް މެއިލް ކުރައްވާ ބީލަމުގައި ރަޖިސްޓަރީ ކުރައްވަން ޖެހޭނެ އެވެ.

ބީލަމުގައި ރަޖިސްޓާކުރަން ހުށަހަޅާއިރު ބީލަމުގެ ނަމާއި އިއުލާނު ނަންބަރު އަދި އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި ނުވަތަ އަމިއްލަ ފަރުދެއްނަމަ ނަމާއި ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސްގެ އިތުރުން ބީލަމް ހުށަހަޅާ ފަރާތް ތަމްސީލުކުރާނެ ފަރާތުގެ ނަމާއި މަޤާމު/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ހޯމް މިނިސްޓްރީން ހާމަކުރައްވަ އެވެ.

މި ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 24 ނޮވެންބަރު 2021 ވާ ބުދަ ދުވަހުގެ 1:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާގަ އެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމަށް އެމިނިސްޓްރީން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355