twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅު މާދަމާ ހަވާލުކުރެވޭވަރު ވެގެންދާނެ: ޕްލޭނިންގ މިނިސްޓްރީ

މުޙައްމަދު އަހުމަދު
Dec 7, 2021

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދްނާނަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅު މާދަމާ ސުޕްރީމް ކޯޓާ ހަވާލުކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފި އެވެ.

އަވަސްއިން ރިޕޯޓުކޮށްފައިވާ ގޮތުން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ވިދާޅުވީ އެ ގެކޮޅުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވާ ކަމަށާއި އެކަމަކު ބައެއް ކުދި ކުދި މަސައްކަތް އަދިވެސް ނިންމަން އެބަހުރި ކަމަށް އަދި މިއަދު އެ ގޭގެ ފައިނަލް އިންސްޕެކްޝަންގެ މަސައްކަތް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތަށްފަހު އެ ގެކޮޅު މާދަމާ ސުޕްރީމް ކޯޓާ ހަވާލުކުރެވޭ ވަރުވާނެ ކަމަށް ވެސް އަކްރަމު ވިދާޅުވެފައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ވަގުތީ ގޮތުން ހަމަޖައްސާފައިވަނީ ނައިބު ރައީސް ކަމުގައި އަބްދުﷲ ޖިހާދު ހުންނެވި ދުވަސްވަރު އެމަނިކުފާނު ދިރިއުޅުއްވި ރެހެންދި އެޕާޓްމަންޓެވެ. އެތަނުގެ މަރާމާތުގެ މަސައްކަތްތަކަށް 4.8 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް އެނގިފައިވާކަމަށް ވެސް އަވަސް ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އިސްލާހުގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.

ދާދިފަހުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫ ގެކޮޅު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355