twitterviber whatsapp telegramfacebookyoutube instagram
7th September 2026

ލަންކާއާއި ރާއްޖެ ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ތިން ސެޓުން ރާއްޖެ ބަލިވެއްޖެ

ނަބީލާ އިސްމާޢީލް
Dec 10, 2021

ސްރީލަންކާއާއި ރާއްޖެ ރޭ ކުޅުނު އެކުވެރިކަމުގެ ވޮލީބޯޅަ މެޗުން، ތިން ސެޓުން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު މައްޗަށް ލަންކާއިން ކުރި ހޯދައިފިއެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ވަޑައިގެންފައެވެ. ރައީސް ސޯލިހު ވަނީ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަށް މެޗު ފެށުމުގެ ކުރިން ޖާޒީ ބައި ހަވާލިކޮށްދެއްވާފައެވެ. ރާއްޖެ ގައުމީ ވޮލީ ބޯޅަ ޓީމުން ޖާޒީބަޔާއި ރާއްޖެ ޓީމުގެ ކެޕްޓަން މުހައްމަދު ސާޖިދެވެ.

އެންމެ ފުރަތަމަ ސެޓުން ލަންކާ މޮޅުވީ 13-25 އިންނެވެ. ދެވަނަ ސެޓު 14-25 އިން ކާމިޔާބުކުރިއިރު ތިން ވަނަ ސެޓު ކާމިޔާބުކުރީ 18-25 އިންނެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ މެޗު ކުޅޭނީ މިރެއެވެ. އަދި ތިންވަނަ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.

މި މަހު ބަންގްލަދޭޝްގައި ބާއްވާ މުބާރާތުގައި ގައުމީ ފިރިހެން ވޮލީ ޓީމުގެ އިތުރުން އަންހެން ޓީމުވެސް ވާދަކުރާނެއެވެ. ފިރިހެން ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން 15 ކުޅުންތެރިންގެ ސްކޮޑެއް މިހާރު ފައިނަލް ކޮށްފައިވާއިރު، ސެންޓްރަލް ޒޯން މުބާރާތަށް ދާނީ 12 ކުޅުންތެރިންގެ ސްކޮޑެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355