twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަތޮޅުތެރޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށުމަށް ކައުންސިލްތަކާ މަޝްވަރާކުރަނީ

ޚަދީޖާ އާދަމް
Feb 5, 2022
3

އަތޮޅު ތެރޭގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށުމަށްޓަކައި ކައުންސިލްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ޕްލޭނިިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ މާލަސްތަކެއް ނުވެ އެ މަސައްކަތްތައް ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ 1.5 ބިލިއަން ރުފިޔާ އިން ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 1،500 ހައުސިން ޔުނިޓް އެޅޭނެ ކަމަށް ބެލެވޭ ކަމަށާއި އަދި މަޝްރޫއުތައް ހިންގާނެ ރަށްތަކެއް ކަނޑައެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެ މަސައްކަތް ހިނގަމުންދާއިރު ރަށްރަށުގައި މަޝްރޫއުތައް ހިންގާނެ ބިން ކަނޑައެޅުމާއި ރަށްރަށުގައި އަޅާނީ ރޯހައުސްތޯ، ފްލެޓްތޯ ނޫނީ ވަކިވަކި ގެތަކެއްތޯ ކަނޑައެޅުމަށްޓަކައި ކައުންސިލްތަކަކާ މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް ވިދާޅުވީ ބޯހިޔާވަހިކަމާއި ރައްޔިތުން ގެދޮރުވެރިކުރުވުމަކީ، ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެ ބޮޑު މަސައްކަތް ކަމަށެވެ.

އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް، އެކި މަރުހަލާގައި ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ. ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލައަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ރައީސް އިއްޔެ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355