twitterviber whatsapp telegramfacebookyoutube instagram
14th June 2026

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލައިފި

Feb 12, 2022

އެމްޑީޕީ ޗެއާޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމު ކުރިމަތި ލުމުގެ ފުރުސަތު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިއަދު ހުޅުވައިލައިފިއެވެ.

އެމްޑީޕީން ބުނީ އެ ތިން މަގާމުގެ އިންތިހާބު ބާއްވާނީ އަންނަ އޭޕްރީލް މަހުގެ 16ވާ ހޮނިހިރު ދުވަހުގައި ކަމަށެވެ. ފޯމު ހުށަހަޅަން ޖެހެނީ މިމަހުގެ 19ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ.

އެޕާޓީން ބުނީ ޗެއާޕާސަންގެ މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމަށް ވާދަކުރަން ބޭނުންވާ، އެ ޕާޓީގެ މެންބަރުން ޕާޓީގެ އިންތިހާބު ތަކުގައި ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ޕާޓީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ އީމެއިލް، [email protected]އަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނަނީ އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެ އިންތިހާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355