twitterviber whatsapp telegramfacebookyoutube instagram
6th June 2026

ގައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި

Feb 28, 2022

ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީންނަށް ޚާއްސަކޮށްގެން ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ، މަސްތުގެ ވަބާގައި ޖެހި، ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭ ގައިދީން ރިހަބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މާފުށީ ޖަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އައްޝައިހް އިމްރާން ޢަބްދުﷲއެވެ. ޖުމްލަ 40 މީހުންނާއެކު ފެށި އެ ޕްރޮގްރާމް އެކުލަވާލާފައި ވަނީ ހަތަރު މަރުލަހާއަކަށެވެ.

މި ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީން ޑިޓޮކްސިފައިކޮށް، ޑްރަގް ޓްރީޓްމަންޓް ދިނުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ވަޒީފާ އަދާކުރަން ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ.

ރިހެބިލިޓޭޝަން މަރުހަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމްގެ ބައިވެރިންނަށް ސައިކޯސޯޝަލް ސަޕޯޓްދޭނެއެވެ. އަދި ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަނަލް ނުވަތަ ސްކިލް ޓްރެއިނިންތައް ދިނުމުގެ އިތުރުން ދީނީ ކަންކަމަށް ހޭލުންތެރިކުރުވާނެއެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި މިހާރު ތިބި ގައިދީންގެ 60 ޕަސެންޓަކީ މަސްތުވާ ތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355