twitterviber whatsapp telegramfacebookyoutube instagram
21st February 2026

މާފުށީ ޖަލުގައި 50 ގޮޅީގެ އިތުރު ޔުނިޓެއް ހަދަނީ

ނަބީލާ އިސްމާޢީލް
Apr 18, 2022

މާފުށީ ޖަލަށް 50 ގޮޅި ހިމެނޭ ޔުނިޓެއް އިތުރު ކުރަން ސަރުކާރުން ނިންމައިފިއެވެ. ހޯމް މިނިސްޓްރީން މިހާރު ވަނީ ޖަލަށް އިތުރު ކުރާ ބައިގެ ކުރެހުންތައް ކުރަހާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާފުށީ ޖަލަށް 50 ގޮޅީގެ ޔުނިޓް އިތުރުކުރުމުގެ، ޕްލޭން ތައްޔާރުކޮށް ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބުދަ ދުވަހުގެ 12:00ގެ ކުރިން އެކަން މިނިސްޓްރީއަށް އަންގަންޖެހޭނެ ކަމަށް އިޢުލާނުގައިވެއެވެ.

މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބޭނުންވާފުޅުވާ މަޢުލޫމާތު 20 އެޕްރިލްވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ފަރާތަކުގެ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުންޔެވެ.

މިމައްސަކަތައް އަންދާސީ ހިސާބު ތައްޔާރު ކުރަން ލިބޭނީ ހަތަރު ދުވަހެވެ. ހޯމް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވީ 24 އޭޕްރިލްވާ އާދިއްތަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނެ ކަމަށެވެ.

މާފުށީ ޖަލަށް 50 ގޮޅި އިތުރު ކުރަން ނިންމިއިރު މިހާރު ވެސް ޖަލުގައި ޖާގަ ނެތިގެން އެތައް ބަޔަކު ޖަލަށް ނުގެންދެވި އެބަތިއްބެވެ. އަދި ރިމާންޑް ޖަލުތަކުގައި ބައިތިއްބަން ޖެހޭ އެތައް ބަޔަކު ކަސްޓޯޑިއަލް ޖަލުތަކުގައި އެބަތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355