twitterviber whatsapp telegramfacebookyoutube instagram
4th December 2025

ނޭކުރެންދޫއާއެކު 5 ރަށެއްގެ ލޭންޑް ޔޫސް ޕްލޭނަށް ހުއްދަ ދީފި

Apr 26, 2022

ރަށުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައަޅައި، ހުއްދަ ހޯދަން ޕްލޭނިން މިނިސްޓްރީ އަށް ފޮނުވި ލޭންޑް ޔޫސް ޕްލޭންތަކުގެ ތެރެއިން މިހާތަނަށް ހުއްދަ ދީފައި ވަނީ އެންމެ ފަސް ރަށަކަށް ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ލޭންޑް ޔޫސް ޕްލޭނަށް ހުއްދަ ދީފައިވަނީ ހދ ނޭކުރެންދޫ، ނ ކެނދިކުޅުދޫ، ރ ކިނޮޅަސް، ތ ތިމަރަފުށި އަދި އދ ދިގުރަށަށެވެ.

"މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީން ބުނީ ލޭންޑް ޔޫޒް ޕްލޭނަށް ހުއްދަ ހޯދަން މިއަދުގެ ނިޔަލަށް 52 ރަށަކުން ހުށަހަޅާފައިވާކަމަށެވެ. އެގޮތުން އިތުރު 12 ރަށެއްގެ ޕްލޭންތަކަށް ހުއްދަ ދިނުމަށް އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355