twitterviber whatsapp telegramfacebookyoutube instagram
2nd October 2022

ވެހިކަލް ނުދުއްވާ މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި

ނަބީލާ އިސްމާޢީލް
May 10, 2022
2

ކުޅުދުއްފުށީ ކުޅީގެ ދެކުނުން ގޯތިތަކުގެ އުތުރުން ހަދާ ތިމާވެއްޓާ ރައްޓެހި ނޯވެހިކަލް މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާކަމަށް ކުޅުދުއްފުށީ ސިޓީކައުންސިލުން ބުނެފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ނޯވެހިކަލް މަގު ހެދުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި އެގޮތުން އެ މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ އެ މަގުގެ މަސައްކަތުގެ ތެރެއިން މަގު ހިއްކުމުގެ މަސައްކަތް އަވަހަށް ކުރެވިފައި ވަނީ މަގާއި އިންވެގެން ހުރި ގޯތި ތަކަށް ދޭން ޖެހޭ ރައްކާތެރިކަން ދޭންވެގެން ކަމަށާއި އެއީ އެފަރާތްތަކުގެ ޒަމާންވީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އަދި މިހާރު ކުރިއަށްދަނީ އެ މަސައްކަތުގެ ޕްލޭން ހެދުމުގެ މަސައްކަތްކަމަށާއި މަގުގެ އިންޓީރިއަލް ޑްރާފްޓް ޕުލޭނެއް މިހާރު ހެދިފައިވާކަމަށެވެ. އަދި ޕްލޭން ފައިނަލްވުމުން ދެން ހުރި މަސައްކަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމަށެވެ.

މިމަސައްކަތަކީ ކޮންޓެކްޓް ކުރެވިގެން ބަޔަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ނޫނެވެ. މިއީ ޕަބްލިކް ވޯކް އާއި އެމްޓީސީސީގެ ވެހިކަލްތަކާއި އެތަނުގެ މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށްގެންދާ މަސައްކަތަކަށްވުމުން މިމަސައްކަތް އެއްކޮށް ނިންމާލެވޭނެ ވަކި ތާރީހެއް ނޭނގޭކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެ ސަރަހައްދުގެ މަގުތަކުގައި ޖަމާވާ ފެން ކުޅިއަށް ބޭރުކުރުމަށް ޕައިޕްލައިންއެއް އެޅިފައިކަމަށާއި އޭގެ ނަތީޖާއަށްބަލާ އިތުރުމަގުތަކުގައިވެސް ޕައިޕްލައިން އެޅުމަށް ޕްލޭންކުރެވިފައިވާ ކަމަށެވެ.

މަގުގެ ފައިނަލް ކޮންސެޕްޓް ޑްރޯވިން އެއްކޮށް ނިމުމުން ބަޖެޓް ތަންދޭވަރަކުން ބައެއް މަސައްކަތް އައުޓްސޯސް ކުރުމަށް ވިސްނާކަމަށް އޭނާ ވިދާޅުވި އެވެ.

ތިމާވެއްޓާ ރައްޓެހި ނޯ ވެހިކަލް ޒޯނެއް ހެދުމަށް ހުށަހެޅީވެސް ކައުންސިލަރު މުހައްމަދު ދާއޫދެވެ. މިދިޔަ އަހަރު ޖުލައިމަހު ކައުންސިލްގައި އޮތް ބައްދަލުވުމުގައި މުހައްމަދު ވިދާޅުވެފައިވަނީ، އެތަނުގައި އޮންނަ ޗަކަބިމުގެ ފެންގަނޑުގެ ސަބަބުން އެސަރަހައްދުގެ ބައެއް ގޭގެތަކަށް ވިއްސާރަ މޫސުމުގައި ހާއްސަކޮށް ގޭގެ ފާރާއި ހަމައަށް ފެންގަނޑު ހެދިފައި ހުންނަ ކަމަށެވެ. އަދި ރައްޔިތުންނަށް މިކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355