twitterviber whatsapp telegramfacebookyoutube instagram
10th April 2025

އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން ފަށައިފި

May 14, 2022

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބު ކުރުމާއި ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ވޯޓް ނަގަން ފަށައިފި އެވެ.

މި މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ އެވެ. ޗެއާޕާސަންގެ އިންތިހާބުގެ އިތުރުން މިއަދު އަންހެނުންގެ ގޮފީގެ ރައީސް އާއި ޒުވާނުންގެ ރޫހުގެ ރައީސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ އިންތިހާބުގައި 94،000 ވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެއެވެ. ޖުމްލަ 272 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

މިއަދު ކުރިޔަށްދާ އިންތިޚާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަމާއި ޒުވާނުން ހިތްވަރުގެ ރައީސަކުވެސް ހޮވާނެއެވެ. އަންހެނުންގެ ރޫގުގެ ރައީސްކަމަށް ވާދަކުރައްވަނީ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު ވަހީދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސާރާއި ރިފްގާ ޝިހާމްއެވެ.

މިއަދު ހެނދުނު 9:00 ގައި ވޯޓުލުން ފަށާފައިވާއިރު، މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355