twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ވޯޓް ފޮށިތަކުން ފައްޔާޒު ކުރިހޯދައްވައިފި

May 14, 2022
3

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގައި ކުޅުދުއްފުށީގައި ބެހެއްޓި ދެ ފޮށީގެ ވަގުތީ ނަތީޖާއިން ފައްޔާޒު ކުރި ހޯއްދަވައިފި އެވެ.

ކުޅުދުއްފުށީ އެމްޑީޕީ މެންބަރުން ވޯޓުލުމަށް ޖުމްލަ ބަހައްޓާފައިވަނީ 4 ފޮއްޓެވެ. އެއީ މާލޭގައި ބެހެއްޓިފައިވާ 2 ފޮއްޓާއެކު އެވެ. މިހާތަނަށް ނަތީޖާ ނުލިބެނީ ކުޅުދުއްފުށީ އުތުރު، މާލެ ފޮށީގެ ނަތީޖާ އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ފޮށީގެ ނަތީޖާ:

- އިމްތިޔާޒް ފަހުމީ 83
- ފައްޔާޒް އިސްމާޢީލް 204

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ފޮށީގެ ނަތީޖާ:

- އިމްތިޔާޒް ފަހުމީ 170
- ފައްޔާޒް އިސްމާއީލް 114

މާލޭގައި ބެހެއްޓުނު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ފޮށިން ކުރީގައި އުޅެނީ އިމްތިޔާޒް އެވެ. އެއީ 22 ވޯޓާއެކުއެވެ. އެ ފޮށިން ފައްޔާޒަށް ލިބިފައިވަނީ 13 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355