twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޓެކާސް މުބާރާތުގެ ޗެމްޕިއަންކަން ވާދޫއަށް، ފުޓްސަލް ކިންގަކަށް ޑޭވިޑް

މުޙައްމަދު އަހުމަދު
Jun 10, 2022

މިރޭ ކުޑަ ހެންވޭރު ފުޓްސަލް ދަނޑުގައި ކުޅެވުނު ޓެކާސް މޯލްޑިވްސް ކަޕުގެ ފޯރިގަދަ ފައިނަލުގައި ހދ. ކުޅުދުއްފުށި ބަލިކޮށް މުބާރާތުގެ ތަށި ގދ. ވާދޫއިން ހިއްލާލައިފި އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް ވާދޫއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4 - 0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ވާދޫގެ އިޔާދުގެ 2 ގޯލު ފެނިގެންދިޔައިރު އަނެއް ގޯލު ޖެހީ ނައްޓު އެވެ. އަދި ފަހު ލަނޑު ކާމިޔާބުކުރީ ވާދޫގެ ޖޯޒީ ނަމްބަރު 7 އެވެ.

މިމެޗުގައި ކުޅުދުއްފުށީގެ ޓީމުގެ ފަރާތުން އެންމެ މޮޅު ކުޅުން ފެނިފައިނުވާއިރު ވާދޫއިން ވަނީ މޮޅު ކުޅުމެއް ދައްކާ ކުޅުދުއްފުށި ބަލިކޮށްފަ އެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވާދޫގެ ކެޕްޓަން އަދި ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ތަރިއެއް ކަމަށްވާ އަޔާޒް އަހްމަދު (އަޔާ) އެވެ.

ޓެކާސް މޯލްޑިވްސް ކަޕުގެ އެންމެ މޮޅު މެނޭޖަރަކަށް ހޮވުނީ ވާދޫގެ މެނޭޖަރު އަލީ ނަދީމެވެ. އެންމެ މޮޅު ކީޕަރުގެ މަގާމު ހާސިލްކޮށްފައިވަނީ ޓީމް ކުޅުދުއްފުށީގެ ގޯލްކީޕަރު މާހީ އަބްދުﷲ އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ ބ. ކިހާދޫގެ އަރަމުން އަންނަ ޒުވާން ތަރި އަހްމަދު އާހިލް އާމިރެވެ.

މުބާރާތުގެ ޕްލޭމޭކަރުންނަށް ހޮވިފައިވަނީ ނ. ޅޮހީގެ އަލީ އަކްޝަމްއާއި ހދ. ހަނިމާދޫގެ އަލީ އާމިރު އަދި ބ. ކިހާދޫގެ އަހްމަދު އާހިލް އާމިރުގެ އިތުރުން ގއ. ކޮނޑޭގެ މުހައްމަދު އިމްތިޔާޒެވެ.

ޓޮޕް ސްކޯރާއަކަށް ހޮވުނީ ހަނިމާދޫގެ ކުޅަދާނަ އާސިފް ސަލީމް (އާސިއްޕެ) އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ހަނިމާދޫގެ އާސިއްޕެގެ އިތުރުން މުލަކުގެ އާނާއާއި ކޮނޑޭގެ އިބްޝަލް އަދި މާފަރުގެ އިރުޝާދުއާއި ވާދޫގެ އަޔާ އެވެ.

މުބާރާތުގެ ކިންގަކަށް ހޮވިފައިވަނީ ޓީމް ކުޅުދުއްފުށީގެ ކެޕްޓަން އަހްމަދު ދާއޫދު (ޑޭވިޑް) އެވެ. ޑޭވިޑް ވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. ޑޭވިޑަކީ އުތުރުގެ ކިންގްކަން ވެސް ހޯދި ކުޅުންތެރިޔާކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355