twitterviber whatsapp telegramfacebookyoutube instagram
30th December 2025

ޔޯގާ ހަރަކާތް ބޭއްވި އެކަން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން އަންގާފަ އޮއްވާ

ޚަދީޖާ އާދަމް
Jun 26, 2022
2

ޔޯގާ އިވެންޓް ބާއްވާފައިވަނީ އެ ހަރަކާތް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވަނިކޮށް ކަން ހާމަވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އެކަމަށް އެދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީ ފޮނުވީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއިކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ވަނީ ޔޯގާއާމެދު އިސްލާމީ ބޮޑެތި އިލްމުވެެރިންނާއި ގައުމުތަކުގެ ފަތުވާ މަޖިލީސްތަކުގެ ނިންމުން ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައެވެ.

ނަމަވެސް މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ވަނީ އިވެންޓެއް ބާއްވާފައެވެ. އެއީ އިންޑިއާ ހައިކޮމިޝަންގެ އިސް ނެގުމަށް ސަރުކާރުގެ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުމާއި ފުލުހުންގެ ސެކިއުރިޓީވެސް ލިބިގެން ބޭއްވި އިވެންޓެކެވެ.

އިވެންޓް ކުރިއަށް ދަނިކޮށް އެކަން ހުއްޓުވަން ބަޔަކު ދަނޑަށް ވަދެ ހަމަނުޖެހިން ހިންގާފައިވާއިރު އެ މައްސަލަ ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންނެވެ. އެގޮތުން ދެ އިލްމުވެރިއަކު ހިމެނޭހެން 19 މީހަކު މިވަގުތު ތިބީ ބަންދުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355