twitterviber whatsapp telegramfacebookyoutube instagram
18th April 2024

ރިޔާސީ ޕްރައިމަރީ ބާއްވާނަން: އެމްޑީޕީ

ނަބީލާ އިސްމާޢީލް
Aug 20, 2022

އެމްޑީޕީގެ ކޮންގްރެސްގެ ފަހުން ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދީފި އެވެ.

ރޭ ފެށި އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭ މައުލޫމާތު ދިނުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން މާލީ, އަހްމަދު އަބްދުالله ވިދާޅުވީ ރިޔާސީ ޓިކެޓާ ގުޅޭ އެއްވެސް އިސްލާހެއް ކޮންގްރެސްއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ޕްރައިމަރީއެއް ދާދި އަވަހަށް އިރާދަކުރެއްވިއްޔާ އޮންނާނެ ކޮންގްރެސްއަށް ފަހުގައި. ޕްރައިމަރީން ޓިކެޓް އަޅުގަނޑުމެން މި ދެނީ. މި ކޮންގްރެސްގައި ޓިކެޓް ދިނުމުގެ އެއްވެސް އިސްލާހެއް ވިސްނުމެއް އަދި އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައެއް ނެތް," އަހްމަދު އަބްދުالله ވިދާޅުވިއެވެ.

އެމްޑީޕީން ރިޔާސީ ޓިކެޓް ދޭނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތަށްކަން ފާހަގަކުރައްވައި އަހްމަދު އަބްދުالله ވިދާޅުވީ, ރައިސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކަށް އޮޓޮމެޓިކުން ރިޔާސީ ޓިކެޓް ދޭން ބުނާ އިސްލާހެއް ވެސް އަދި ހުށަހަޅާފައި ނެތް ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅަކު އަދި މިހާތަނަށް ނިންމާފައި ނުވާއިރު, އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އަސާސީ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފައި ނެތް ނަމަވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމާ ގުޅޭ ގަރާރެއް ކޮންގްރެސް އަށް ހުށަހަޅުއްވައިފަ އެވެ.

އެމްޑީޕީން ރޭ ފަށާ އެ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސްގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ 1365 މީހުން ތިބި ނަމަވެސް ރެޖިސްޓްރީ ވެފައިވަނީ 1178 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355