twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނަޝީދު ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވައިފި

ނަބީލާ އިސްމާޢީލް
Aug 22, 2022

ރައްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އާއްމުންގެ ވޯޓަކަށް ދާން ފެންނަ ކަމަށް އެމްޑީޕީގެ ކޮންގްރެސްއިން ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި އަނބުރާ ގެންގޮސްފި އެވެ.

ރައީސް ނަޝީދު ހުށަހަޅުއްވަން އޭރު ނިންމެވި ގަރާރުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.

އެގޮތުން، ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރެއް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔާއަކީ އާންމުންގެ ވޯޓަކުން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.

ގަރާރު ހުށަހެޅުން މަޑު ޖައްސާލުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނަޝީދަށް މަރުހަބާ ދަންނަވައި އެއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮންމެ މީހަކީ ތަފާތު ވިސްނުމެއްގެ މީހެއް ކަމަށާއި ނަމަވެސް އެކަންތައްތަކާއެކުވެސް ޕާޓީއާއެކު އަދި ގައުމާއެކު ތިބިކަން މި ކޮންގްރެސްއިން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި ކޮންގްރެސް ނިންމާލަނީ ހުރިހާ ބައިވެރިންވެސް ވަރަށް އުފަލުން ތިބެގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ ގަރާރަށް ރައީސް ސޯލިހް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ތާއިދު ނުކުރައްވާކަން ގެންދެވީ ހާމަ ކުރައްވަމުންނެވެ. ނަމަވެސް ކޮންގްރެސް ފެށުނީސުރެ ރައީސް ނަޝީދު އެ ގަރާރު ފާސްކުރަން ގެންދެވީ މެމްބަރުން ކިބައިން ދަންނަވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355