twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި

Sep 1, 2022
1

އިމާމުންނާއި ޚަތީބުންނަށް ބާއްވާ ތަމްރީން ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި އެވެ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގުރާމް ފައްޓަވައިދެއްވީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ.

ތިން ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިލްމުވެރިންނާއި ޤާރީނެވެ. އެގޮތުން 3 އިލްމުވެރިންނާއި 2 ޤާރީން މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވަ އެވެ.

މި ޕްރޮގްރާމްގައި 36 ޚަތީބުންނާއި، 14 އިމާމުންނާއެކު ޖުމްލަ 50 ފަރާތުން ބައިވެރިވެ އެވެ.

މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ ނަމާދުގެ ހުކުމްތަކާއި، ހިލާފީ މައްސަލަތަކުގައި އަމަލުކުރާނެގޮތާއި މަސައްކަތުގެ އަހުލާގާ، އެހެން މީހުންނާއި މުއާމަލާތްކުރުން ފަދަ މައުޟޫއުތަކާއި ތަޖުވީދުއަށެވެ.

މީގެ އިތުރުން ހުތުބާ ހުށަހެޅުމުގައި ވިސްނަންވީ ކަންކަމާއި، އިމާމުންނާއި ގުޅޭ ސިވިލް ސާވިސްގެ ގަވައިދާ އުސޫލުތަކާ ހުކުރު ގަވައިދާ އުސޫލުވެސް މި ޕްރޮގުރާމްގައި ކުރިއަށްގެންދާނެ އެވެ.

މިއީ ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކަކީ، އާއްމު ރައްޔިތުންނާއެކު ފަރުޟު ފަސްނަމާދު އިސްވެކުރައްވާ ފަރާތްތައް ކަމަށްވާތީ، އެފަރާތްތަކަށް އިތުރު ތަމްރީނުދިނުމާއި، ހުނަރުވެރިކަން އިތުރުކުރުމާއި، ފުޅާދާއިރާއެއްގައި އެބޭފުޅުންގެ މަސައްކަތްތައް ބައްޓަންކުރުމަށް މަގުފަހިކުރުމުގެ މަހުސަދުގައި މިނިސްޓްރީން ބާއްވާ ޕްރޮގްރާމެކެވެ.

އަދި މީގެ އިތުރުން މި ޕްރޮގްރާމަކީ، އިމާމުންނާއި ޚަތީބުންގެ މައްސޫލިއްޔަތުތައް އިތުރަށް ހަރުދަނާކޮށް އެ ބޭފުޅުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށާއި ކުރެވޭ ކުށްތައް ބަޔާންކޮށްދީ އެކަންކަން ރަނގަޅުކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއްކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގޭ މި ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355