twitterviber whatsapp telegramfacebookyoutube instagram
29th May 2026

ދިއްދޫގައި އިމާރާތްކުރާ 75 ހައުންސިންގ ޔުނިޓްގެ ބިންގާ އަޅައިފި

އަބްދުލް ވާހިދު ޙަސަން
Nov 16, 2022

ހއ ދިއްދޫގައި އިމާރާތްކުރާ 75 ހައުންސިންގ ޔުނިޓްގެ ބިންގާ އަޅައިފި އެވެ. ދިއްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅައިދެއްވީ ހައުންސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

އަކްރަމް ކަމާލުއްދީނުގެ އިތުރުން ހއ އަތޮޅު ކައުންސިލްގެ ރައީސް އާއި ދިއްދޫ ކައުންސިލް ރައީސް އާއި މެމްބަރުން އަދި މި ޕްރޮޖެކްޓް ކޮންޓްރެކްޓަރ، އެސްޖޭ ކުންފުނީގެ މަންދޫބުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެސްޖޭއާ ހަވާލުކުރީ މިދިޔަ އޯގަސްޓްމަގުގެ ތެރޭގައި އެވެ.

120،405،400.00 ރުފިޔާގެ މި މަޝްރޫއު 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގައި ހިމެނޭނީ 700 އަކަފޫޓްގެ 75 ރޯހައުސްއެވެ.

ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އަޅާ މި ރޯހައިސްތަކުގައި ހިމެނޭނީ 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ ރޫމް އަދި ސްޓޯރޫމެކެވެ.

މިހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށްޓަކައި ޔުނިޓް ވަށައިގެން އަލިކުރެވި، ޕާކަކާއި ވެހިކަލް ޕާކްކުރާނެ ސަރަހައްދެއް ގާއިމްކުރާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355