twitterviber whatsapp telegramfacebookyoutube instagram
23rd June 2026

ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ނެރެން ފަށައިފި

ނަބީލާ އިސްމާޢީލް
Jan 16, 2023

ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގައި ކިޔާ ހުތުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ މައުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ.

ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިއުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުމަކަށްވެފައި، އިސްލާމްދީނުގެ މައުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެ ފަހުން ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި، އިސްލާމީ ދައުވަތު ފެތުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް އޮތްތަނުގއިވެސް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ ކުރިން ހުކުރު ހުތުބާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކުރަމުން ގޮސްފައި ވަނީ ހަމައެކަނި ދިވެހި ބަހުންނެވެ. ނަމަވެސް މިއަދުން ފެށިގެން ހުތުބާގެ އިނގިރޭސި ތަރުޖަމާވެސް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355