twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ފައިސާ ނުދައްކައިގެން ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލައިފި

އަބްދުލް ވާހިދު ޙަސަން
Feb 14, 2023
6

ފައިސާ ނުދައްކައިގެން ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން އެތުމާއިން ހުއްޓާލައިފި އެވެ. މިކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ރަށުތެރެ ޕެޓިރޯލުނުކުރެވި ފުލުހުންނަށް އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި އެތުމާއިން ފުލުހުންނަށް ތެޔޮ ދޫކުރުން ހުއްޓާލިތާ ދެ ދުވަސް ވެއްޖެ އެވެ. ފުލުހުންނަށް ޕެޓްރޯލު ވިއްކުން ހުއްޓާލީ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއްކޮށް އެކަން ކާމިޔާބު ނުވުމުންކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅިގެން އެތުމާގެ ބަހެއް ހޯދުމަށް މިނޫހުން މަސައްކަތްކުރިނަމަވެސް އެފަރާތުން ކޮމެންޓްކުރަން ބޭނުން ނުވުމުން ތަފްސީލު ވަނީ ލިބޭގޮތް ނުވެފަ އެވެ.

މައުލޫމާތު ލިބިގފައިވާ ގޮތުގައި އެތުމާއަށް ފުލުހުން 5 ލައްކައަށްވުރެ ގިނަ ފައިސާ ދައްކަން ޖެހެ އެވެ. އެތުމާއަކީ ކުޅުދުއްފުށީގައި ތެޔޮ ވިއްކާ ހަމައެކަނި ކުންފުންޏެވެ.

ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލުމުން ރަށުތެރެ ޕެޓިރޯލުކުރާ އަދަދު ވަރަށް ބޮޑުތަނުން ވަނީ މަޑުޖެހިފަ އެވެ.

މި ކަމާއިގުޅިގެން ފުލުހުންގެ ކޮމެންޓެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293