twitterviber whatsapp telegramfacebookyoutube instagram
10th April 2025

ކުޅުދުއްފުށީގެ ހަތަރު މިސްކިތެއް ސޯލާކުރުމަށް ފެނަކައާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 28, 2023

ކުޅުދުއްފުށީ ހަތަރު މިސްކިތެއްގައި ސޯލާ ޕެނަލު ހަރުކުރުމުގެ މަޝްރޫއު ފެނަކައާ ހަވާލުކޮށްފި އެވެ.

ނެޓް މީޓަރިން އުސޫލުން ސޯލާ ހަރުކުރާ މިސްކިތްތަކީ، ނޫރު މިސްކިތްތާއި ޖަމާއަތު މިސްކިތާއި ހަސަނާތު މިސްކިތް އަދި ފިރުދައުސް މިސްކިތުގައި އެވެ.

މި މަޝްރޫއު ސިޓީ ކައުންސިލުން ފެނަކައާ ހަވާލުކުރީ 1.7 މިލިއަން ރުފިޔާއަށް 183 ދުވަސްތެރޭގައި ނިންމުމަށެވެ.

މޭޔަރު ވިދާޅުވީ، މިމަޝްރޫއު ނިމުމުން ދާއިމީ ގޮތެއްގައި މިސްކިތްތަކުގައި އޭސީ ޖެއްސޭނެ ކަމަށެވެ. އެހެންނަމަވެސް ފިރުދައުސް މިސްކިތް އޭސީ ކުރުމުގެ ވިސްނުން އަދި ނުގެންގުޅޭކަމަށް މޭޔަރު ވިދާޅުވި އެވެ. އެއީ އެ މިސްކިތުގައި ވެންޓިލޭޝަން ރަނގަޅުވުމުންނެވެ.

އާންމުންގެ ހަރަދުގެ މިސްކިތްތަކުގައި އޭސީ ހަރުކޮށްފައި ހުރިނަމަވެސް ކަރަންޓް ބިލް އިންތިހާއަށް ބޮޑުވާތީ ހުކުރު ނަމާދާއި އީދު ނަމާދު ފިޔަވާ އެހެން ނަމާދުތަކުގެ ވަގުތުގައި އޭސީ ޖެއްސުން ސިޓީ ކައުންސިލުން އޮންނަނީ މަނާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355