twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަތޮޅު އިހްޔާ ފޯރަމްތަކުގެ އެއްވަނަ ހޯރަފުއްޓަށް

ނަބީލާ އިސްމާޢީލް
Apr 15, 2023

މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ކުރިއަށް ގެންދިޔަ އިހްޔާ ފޯރަމްތަކުގެތެރެއިން އަތޮޅުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިހްޔާ ފޯރަމްތަކުގެ އެއްވަނަ ހއ ހޯރަފުއްޓަށް ލިބިއްޖެއެވެ.

މިކަން އިއުލާން ކުރީ ހުކުރު ދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބޭއްވި އަތޮޅު އިހްޔާގެ އެންމެ ފަހު ފޯރަމްގައެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އިހްޔާ ފޯރަމް ބޭއްްވި ހުރިހާ އަތޮޅެއްގެ ގުރުއަތުނެގުން މި ފޯރަމްގައި ކުރިއަށް ގެންދިޔައިރު 2 ވަނަ އަދި 3 ވަނަ ލިބުނީ ފުވައްމުލައް ސިޓީއަށް ކަމަށެވެ.

ހޮވުނު ފަރާތްތަކާއި ލިބުނު އިނާމު:

  • 1 ވަނަ އަށް - މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދެއްވާ އުމްރާ ދަތުރު
  • 2 ވަނަ އަށް - އުރީދޫން ސްޕޮންސާ ކޮށްފައިވާ އައިފޯން 13
  • 3 ވަނަ އަށް- ރެއިންބޯއިން ސްޕޮންސާގެ ގޮތުގައި ދެއްވާ ސޯފާސެޓް

އިސްލާމިކް މިނިސްޓްރީއިން ބުނީ ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުކޮޅުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ ވައިބަރ ކުރައްވާނީ 7910208 އެ ނަންބަރަށް ކަމަށެވެ. އަދި އީމެއިލް ވެސް ކުރެވޭނެ ކަމަށެވެ.

އެހެން ބޭފުޅަކު ބަދަލުގައި ފޮނުވާނަމަ، ބަދަލުގައި ފޮނުވާ ބޭފުޅެއްގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައިކުރުމަށްފަހު އިނާމް ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

އެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީވަނީ އެފަދަ ފޯރަމްތަކެއް ކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާ ރަށްރަށުން ލިބުނު އެއްބާރުލުމަށްޓަކައި ކައުންސިލްތަކާއި އެކިއެކި މުއައްސަސާތަކާއި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ.

މިއަހަރު ޖުމްލަ ހަތް ރަށެއްގައި އަތޮޅު އިހްޔާ ފޯރަމް ބާއްވާފައިވެއެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ ހޯރަފުށި، ރ ދުވާފަރު، ޅ ނައިފަރު، އަދި ގދ ތިނަދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355